ނ. އަތޮޅުގައި ނޯކޫ މޯލްޑިވްސް ވިގްނެޓް ކަލެކްޝަން ރިސޯޓް ހުޅުވަނީ
އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗްޖީ)ގެ ވިގްނެޓް ކަލެކްޝަންގެ ރިސޯޓެއްގެ ގޮތުގައި ނޯކޫ މޯލްޑިވްސް ހުޅުވަން ތައްޔާރުވެއްޖެއެވެ.
އައިއެޗްޖީ ކުންފުނިން ބުނެފައިވާ ގޮތުގައި 50 ކޮޓަރީގެ ނޯކޫ މޯލްޑިވްސް، ވިގްނެޓް ކަލެކްޝަން ވެގެންދާނީ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ލަގްޒަރީ އަދި ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ ވިގްނެޓް ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓަށެވެ.
ނޯކޫ މޯލްޑިވްސް ހުޅުވަނީ މ. އަތޮޅު، ކުޑަފުނަފަރުގަ އެވެ. ،މި ރިސޯޓުގައި 50 ވިލާ ހުންނާނެ އެވެ. މީގެތެރޭގައި ބީޗް ވިލާ އަދި ވޯޓަރ ވިލާތައް ހިމެނެއެވެ. މީގެ އިތުރުން މި ތަންތަނުގައި ބީޗް އަދި ވޯޓާ ވިލާތައް ހިމެނެއެވެ. މީގެ ކޮންމެ ވިލާއެއްގައި ޕޫލް ހުރެއެވެ. މި ރަށް ފެނިގެންދނީ މި ރަށުގެ އަޖަބު ރީތިކަމުގެ ސަބަބުން ގެސްޓުން ފޫހިނުވާނެ ރިސޯޓެއްގެ ގޮތުގައެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރިސޯޓުގެ ރެސްޓޯރެންޓްތައް ފަރުމާކޮށްފައި ވަނީ ދިވެހި ވަންތަ ގޮތަކަށެވެ. އަދި ރިސޯޓުގެ ޕާމްސް ރެސްޓޯރަންޓް އެންޑްގެ ނަން ދީފައިވާ ރެސްޓޯރެންޓް ފަރުމާކޮށްފައި ވަނީ ކަނޑުގެ ރީތި މަންޒަރު ފެންނަ ގޮތަށެވެ.
ވިގްނެޓް ކަލެކްޝަންއަކީ އަމިއްލަވަންތަކަން ރައްކާތެރި ކުރާ ޓޫރިސްޓް ބްރޭންޑެކެވެ. ވިގްނެޓް ކަލެކްޝަން އަކީ 2021 ވަނަ އަހަރު ތައާރަފުވި ބްރޭންޑެކެވެ.
