ޚަބަރު ވިޔަފާރި ސަރުކާރު

އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއު ؛ އަގު 2.7 ބިލިއަން ރުފިޔާއަށް ވުރެ މަތި

ފާތިމަތު އަފްނާން ، ދެން އޮންލައިން
މަޝްރޫއުތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުގެ ގޮތުގައި ހިންގާ 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފިއެވެ.

Ads by STELCO

ބާސެލާސް ނަސަންދުރަ ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަތެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ އަމިއްލަ 53 ކުންފުންޏަކަށެވެ. ޖުމްލަ ހަވާލުކުރި މަޝްރޫއުތަކުގެ އަގު 206އަށް އަރައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މި މަޝްރޫއުތައް ނިސްބަތްވާ މިނިސްޓްރީތަކުގެ ވެރިންނެވެ.

މަޝްރޫއު ލިސްޓް 

ފިޝަރިޒް - ދެ މަޝްރޫއު
އިސްލާމިކް އެފެއާސް - 14 މަޝްރޫއު
ޓޫރިޒަން އެންޑްް އެންވަޔަރުމަންޓް - 24 މަޝްރޫއު

ހޯމްލޭންޑް ސެކިއުޓީ - 39 މަޝްރޫއު
އެޑިއުކޭޝަން - 26 މަޝްރޫއު
ހެލްތް - 26 މަޝްރޫއު

ހަޔާ އެޑިއުކޭޝަން ލޭބަ އެންޑް ސްކިލްސް - ފަސް މަޝްރޫއު
ކޮންސްޓްރަކްޝަން މިނިސްޓްރީ  - 13 މަަޝްރޫއު
ޔޫތު އެންވަޔަރުމަންޓް އެންޑް އާޓްސް - އެއް މަޝްރޫއު

ސްޕޯޓްސް އެންޑް ފިޓްނަސް - 52 މަަޝްރޫއު

ސަރުކާރުން އަމިއްލަ ފަރާތްތަކަށް މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭން އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވާ ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީއާ ގުޅުން ހުރި ދާއިރާއިން 52 މަޝްރޫއު ހަވާލުކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!