ވިޔަފާރި

ބަޖެޓުގައި އެސްއޯއީތަކަށް އިންޖެޓްކުރާ ފައިސާ މަދުކުރުމުގެ އަމާޒެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މިއަދުގެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަނީ/ ފޮޓޯ: މަޖިލީސް

ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ތަކުގެ ރައުސުލްމާލު އިތުރު ކުރަން ބަޖެޓުން އިންޖެކްޓް ކުރާ ފައިސާގެ މިންވަރު މަދުކުރަން އަމާޒު ހިފައިފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން ދަނީ ސަރުކާރު ކުންފުނިތަކަކީ އޭގެ ޒާރުގައި އަމިއްލަަށް ހިންގާނެ ކުންފުނިތަކަށް ބަދަލު ކުރަން މަަސައްކަތް ކުރަމުންނެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރައުސުލްމާލު އިތުރު ކުރަން އިންޖެކްޓްކުރާ ފައިސާގެ އަދަދު މަދުވާނެ ކަމަށް އަންދާޒާކޮށް ނަމްބަރުތަކެއް ޖަމާފަ އެވެ.

މިދިޔަ އަހަރު އާއި އޭގެ ކުރީ އަހަަރަށް ބަލާއިރު ބަޖެޓުން ސަރުކާރު ކުންފުނިތަކުގެ ރައުސުލްމާލު އިތުރު ކުރަން ދޫކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފަ އެވެ. ބަޖެޓުން 2024 ވަނަ އަހަރު ވަނީ 1.5 ބިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކަށް ދޫކޮށްފަ އެވެ. މި ހިންގާ އަހަރު 2.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ނަމަވެސް އަންނަ އަހަރު ދޫކުރާނެ ކަމަށް އަންދާޒާކޮށްފައިވަނީ 314 މިލިއަން ރުފިޔާ އެވެ. އަދި ޖެހިގެން އަންނަ އަހަރު މި އަދަދު ހުންނާނެ ކަމަށް ބެލެވެނީ 344 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ 10 އަހަރު އެސްއޯއީތަކަށް ދޫކުރި ފައިސާ

2016 އިން 2018 އަށް އެވްރެޖުކޮށް 1.6 އާއި 2.5 ބިލިއަން ރުފިޔާ
2021 ގައި 2.7 ބިލިއަން ރުފިޔާ
2023 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާ

މި ފައިސާގެ ތެރޭގައި ބޮޑުބައެއް ހިމެނެނީ ސަބްސިޑީ ފައިސާ އެވެ. މިގޮތުން 2023 އަހަރު މި އަދަދު އިތުރުވުމުގެ އެއް ސަބަބަކީ ސްޓެލްކޯ އާއި ފެނަކައަށް ކެޕިޓަލް އިންޖެކްޝަން ދޫކުރި މިންވަރު އިތުރުވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!