ޚަބަރު ސަރުކާރު

ރިޟާ އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: އަޙްމަދު ރިޟާ (ކުރިކީލަ ރިޟާ)

އަޙްމަދު ރިޟާ (ކުރިކީލަ ރިޟާ) އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by MPL

ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޟާ) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ހިއްސާކުރައްވަމުން އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވަނީ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފައެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވައި، ﷲތަޢާލާގެ ތަނަވަސް ރަޙުމަތުގައި ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވައިފައެވެ.

ރައީސް ވަނީ ޝަރުޢީ ދާއިރާ، އަދި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ރިޟާ ކުރެއްވި ޚިދުމަތް ފާހަގަ ކުރައްވައި އިޖްތިމާޢީ ކަންކަމުގައި ވެސް އެކި ފަރާތްތަކަށް ރިޟާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައިފައެވެ.

Ads by HDC