އިރަމާ މަގަށް ތެޔޮތަކެއް ބަންޑުންވެ، ދަތުރު ކުރާ މީހުންނަށް އުނދަގޫތަކެއް

މާފަންނު މާކިޔުރީ ޝޯރޫމް ކައިރިއަށް ގިނަ އަދަދެއްގެ ތެޔޮ ބަންޑުންވެ، ދަތުރު ފަތުރު ކުރާ މީހުންނަށް އުނދަގުތަކާއި ކުރިމަތި ވެއްޖެއެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތެލަކީ ވެމްކޯގެ ޕިކަޕަކުން ކުނި އެޅުމަށް ޓަކައި މަޑުކޮށް، ކުނިތައް އެރުވުމަށް ފަހު ދިޔަ ވަގުތު އެ މަގަށް އެޅިފައިވާ ތެޔޮ ތަކެކެވެ.
މި ތެޔޮތައް ނުފެނި ބައެއް ފަރާތްތަކުން ތެޔޮތައް މަތިން ދަތުރު ކުރުމުގެ ސަބަބުން 2 މީހަކު ވަނީ ސައިކަލުން ވެއްޓި ކުދި އަނިޔާތަކެއް ލިބިފައެވެ.
މިހާރު މިމައްސަލަ އިތުރަށް ބެލުމަށްޓަކައި، ފުލުހުން އަންނަނީ އިރަމާ މަގުގެ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.