ޚަބަރު ސަރުކާރު

ނޮވެމްބަރު 23ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅޭނެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މި ހިނގާ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

Ads by STELCO

އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އީ-ވިސާއަށް ހުށަހެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ ކަމަށާއި 23ވަނަ ދުވަހާ ހަމައަށް މި އޮތް މުއްދަތުގައި އީ-ވިސާއަށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން ތައްޔާރުވުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އިގްރޭޝަނުން ބުނެފައި ވަނީ މި ނޮވެމްބަރު މަހުގެ 20ވަނަ ދުވަހާ ހަމައަށް މިހާރު ވެސް ޢަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅޭނެ ކަމަށާއި 23 ނޮވެމްބަރުގެ ފަހުން ވިސާ ޖެހިފައިވީ ނަމަވެސް ނުނަގާ ހުރި ޕާސްޕޯޓްތައް ދޫކުރާނެ ކަމަށެވެ. އަދި ވިސާ ޖެހުމަށް ފަހު ހުރިހާ ފަރާތްތަކުން ވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ޕާސްޕޯޓްތައް ނެގުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

ރާއްޖެއަކީ ގިނަ ޢަދަދަކަށް ވޯކް ވިސާގައި ބިދޭސީން އުޅޭ ގައުމަކަށްވެފައި، ވިސާގެ ޚިދުމަތްތައް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ދިގުވެގެންދެއެވެ. ނަމަވެސް އީ-ވިސާގެ ސަބަބުން މި ޚިދުމަތް އަވަސްވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!