ޚަބަރު ސަރުކާރު

މި އަހަރު ވެސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭހެއް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފާއިތުވި އަހަރުގެ ރޯދަ ހަދިޔާ ދޫކުރުން

މި އަހަރު ވެސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމައިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން ރޯދަ ހަދިޔާ ދިނުމަށް ގޭބިސީއެއްގެ ގޮތުގައި ބެލެވޭނީ، އެއް ގޭބިސީގައި ދިރިއުޅުނު ކަމުގައި ވީނަމަވެސް ވަކިން ކައްކާ ކައިބޮއެ ހަދާ ކޮންމެ ޢާއިލާއަކީ ވަކި ގޭބިސީއެއްގެ ގޮތުގައެވެ. މިއިން ކޮންމެ ޢާއިލާއަކުން ވެސް ވަކި ގޭބިސީއެއްގެ ގޮތުގައި ފޯމު ހުށަހެޅުމަށް ވަޒީރު އާދަމް ޝަރީފް އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކުން ވަކިވަކި ގޭބިސީތަކުގެ މަޢުލޫމާތުތައް ހޯދައި، ސިޓީތަކާ ބެހޭ އިދާރާއަށް ހިއްޞާކުރުމަށެވެ. އަދި މިހާރު ވެސް ބައެއް ކައުންސިލްތަކުން ގޭބިސީތަކުގެ މަޢުލޫމާތުތައް ޙިއްޞާކުރަމުންދާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ތެރެއިން ވަޢުދުފުޅެކެވެ. އެގޮތުން، ފާއިތުވި އަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި 180 ގްރާމުގެ، 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ކޮންމެ ގޭބިސީއަކަށް ވަނީ ދީފައެވެ. ޖުމްލަ 111،808އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!