އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެމީހެއްގެ މައްޗަށް ﷲގެ ކޯފާ އަންނާނޭކަމެއް
އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲތަޢާލާގެ ކޯފާ އަންނާނޭކަމެއްކަން ހަނދާންކޮށްދީ ނަމާދަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ނަމާދުގެ މުހިންމުކަމާއި ނަމާދު އެޅުމުގެ ނުރައްކަލާ ބެހޭ ގޮތުން ހުތުބާގައި ބުނެދިނީ އިސްލާމްކަމާއި ކާފަރުކަމާ ވަކިކޮށްދޭ ކަމަކީ ނަމާދުކަމަށެވެ. އެ ގޮތުން ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘް ހަނދާންކޮށްދީ ކިޔައިދިނެވެ.
"އެެއުރެންނާއި އަހަރެމެންނާ (އެބަހީ ކާފަރުންނާއި މުސްލިމުންނާ)ދެމެދުގައި (ތަފާތުކުރާ)އަހުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ (ދަންނާށެވެ.)ހަމަކަށަވަރުން އޭނާ ކާފިރުވެއްޖެއެވެ."
ނަމާދު އެޅުމަކީ އެކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެވެ. އެގޮތުން އުޒުރަކާ ނުލައި ނަމާދު އެޅުމުގެ ނުރައްކާ އަންގައިދީ ﷲ ތަޢާލާގެ މި ބަސްފުޅު ހަނދާންކޮށްދިނެވެ.
"ތިޔަބައިމީހުން ނަރަކަޔަކަށް ވެއްދީ ކޮންކަމެއް ހެއްޔެވެ. އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއިން ތިމަންމެން ނުވަމުއެވެ."
ނަމާދަކީ ތަގުވާވެރިވުމުގެ ބާރެކެވެ. އެއީ ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމުގެ ބާރެކެވެ. އަދި އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަޅުކަމެކެވެ.
