"މަގޭ ސާފު ރާއްޖެ" ޤައުމީ ކޮންފަރެންސް ލ. ގަމުގައި
"މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް 2025" ލ. ގަމުގައި ބާއްވަން ނިންމައިފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާކޮށް، މި ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބާއިތޯ ބަލައި، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އަދި ތަފާތު ކުރިއެރުންތައް ހޯދޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި މި ކޮންފަރެންސްއިން އެެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް ފައިދާ ހުރި، ދެމެހެއްޓެނިވި ކުނި މެނޭޖުކުރާނެ ގޮތުގެ ހައްލުތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި މި ކޮންފެރެންސްއަކީ ސާފު ރާއްޖެއެއް ހޯދުމަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ކޮންފަރެންސްގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި، މި ދާއިރާގެ ތަޖުރިބާކާރުންނާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ބައިވެރިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މުސްތަޤުބަލުގައި ސާފު ވެއްޓެއް ހޯދުމަށް މި ކޮންފަރެންސްގެ ތަޖުރިބާއަކީ މުހިއްމު ނިންމެވުމެއްކަމަށް ވާނެކަމަށް ވެސް ތިމާވައްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހުގެ ނިޔަލަށެވެ.
