ދުނިޔެ

ލަންކާގެ ގިނަ ޕޮލިސް އޮފިސަރުންތަކެއް އެހެން ސްޓޭޝަންތަކަށް ބަދަލުކޮށްފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން

ސްރީލަންކާގެ ގިނަ ޕޮލިސް އޮފިސަރުންތަކެއް، އެހެން ސްޓޭޝަންތަކަށް ބަދަލުކޮށްފިއެވެ.

Ads by MPL

އެ ގައުމުގެ އެކި މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ކުށްތަކުގައި ޝާމިލްވާކަމަށް ބެލެވޭ 25 އިންސްޕެކްޓަރުން މިއަދުން ފެށިގެން އެހެން ސްޓޭޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ގައުމުގެ ޕޮލިސް ކޮމިޝަނުން މި ގެނައި ބަދަލުތަކުގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުން ވެސް ހިމެނެއެވެ.

މި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ނޮރޮކްޗޮލައި ޕޮލިސް ސްޓޭޝަންގެ އިންޗާޖު ރަވީ ޕަދްކުމާރާގެ ބަދަލެވެ. ޑްރަގް ވިޔަފާރީގެ އިސްފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ރަވީ ބަދަލުކޮށްފައި ވަނީ ގަމްޕަހާ ޕޮލިހަށެވެ. އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިހުން ގެންދަނީ ރަވީ ޕަދުމާކުމާރާއާ ގުޅޭ ތަހުގީގެއް ވެސް ހިންގަމުންނެވެ.

Ads by HDC