Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް މުއިއްޒު ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް މުއިއްޒު ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ރައީސް މުއިއްޒު ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިލިމާލެއިންއެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ މައްޗަން ގޮޅީގެ ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން ދެން އެންމެ އަވަހަށް ރައީސް ބައްދަލުވުމެއް ރައީސް ބާއްވަވާނީ މާފަންނުގެ ރައްޔިތުންނާ އެކުއެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައެވެ.
ވިލިމާލެއާއި މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެ އަވަށުގެ ރައްޔިތުން ވަނީ އެކި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ރައީސްއަށް ދަންނަވައިފައެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ވެސް ރައީސް މުއިއްޒު ވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުވުންތައް ބާއްވަވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް