Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ހައި-ލެވެލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ހައި-ލެވެލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ހައި-ލެވެލް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް، އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ފުރާވައިގެންފިއެވެ.

މި ބައްދަލުވުމަކީ ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ. މިއީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނީ، މޫސުމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ޕްރައިވެޓް ކެޕިޓަލް ބޭނުން ކުރެވިދާނެ ގޮތްތަކާމެދުގައެވެ.

Advertisement
Ooredoo — Square (box)

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި)ގެ އަމާޒަކީ ތިމާވެށީގެ ގޮތުން ޒިންމާދާރު އަދި ޤައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، 1.5 ޑިގްރީ ސެލްސިއަސް ޕާތުވޭއަށް ވާސިލުވުމަށް މަގުދައްކައިދިނުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް