ޚަބަރު އިޖުތިމާޢީ

ހުޅުމާލެއިން 14 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ގެއްލިގެން ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ ޚިދުމަތް

ހުޅުމާލެ ފޭސް 2އިން 14 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by MPL

ފުލުހުން ބުނީ، ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު ކަމަށެވެ. ޝިބާ ގެއިން ނިކުމެގެންދިޔައީ ނޮވެމްބަރު 28ވަނަ ދުވަހުގެ ހަވީރު 05:55 އެހާއިރު ކަމަށާއި އޭގެ ފަހުން ޚަބަރެއް ނުވާކަމަށް ޢާއިލާއިން ބުނެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ފުލުހުންނަށް ރިޕޯޓު ލިބުނު ހިސާބުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އެ ކުއްޖާ ފެނިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން، ޝިބާއާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ފުރުސަތުގައި އާންމެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރުއަދާކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!