ޚަބަރު އިޖުތިމާޢީ

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ހުޅުމާލެ
ފޮޓޯ: ދެން މީޑިއާ

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ، ހޯދަމުން ދިޔައީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު ކަމަށެވެ. އޭނާ ހޯދަމުން ދިޔައީ ނޮވެމްބަރު 28ވަނަ ދުވަހުގެ ހަވީރު 05:55 އެހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ޢާއިލާއަށް ޚަބަރެއް ނުވެގެންކަމަށާއި ރޭގެ ވަގުތެއްގައި ޝިބާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށާއި އޭނާގެ ޙާލު ވެސް ރަނގަޅުކަމަށް ޢާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!