ވިޔަފާރި

ކުކުޅު ފިހާރަ: މި ހަފްތާގެ ނަސީބުވެރިޔަކަށް އަރުޝަދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ، "ކުކުޅު ފިހާރަ" އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ ހަ ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހަސަން އަރުޝަދު ހޮވިއްޖެއެވެ.

ކަސްޓަމަރުންނަށް އަމާޒުކޮށް އެތައް ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކުކުޅު ފިހާރައިން މިހާރު ކޮންމެ ހަފްތާއަކު އެކަކަށް ފްރޯޒެން ޕެކެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ފޭސްބުކްގައި ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖްގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވުނީ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުއެވެ.

ފިނި ކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވަނީ މީގެ ކުރިން ވެސް 14 ހަފްތާވަންދެން ކުކުޅު ފިހާރައިން ވަނީ ޝެއަ އެންޑް ވިން ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އަދި ތަފާތު އެކި ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން، ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެމުން ދެއެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!