ޚަބަރު ސަރުކާރު

ރާއްޖޭގައި އިންވެސްޓްމަންޓް ފުޅާކުރަން ސައުދީގެ އިސް ވިޔަފާރިވެރިންގެ ވަފުދެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސައުދީން ރާއްޖެ އައި ވަފުދު --

ރާއްޖޭގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު މަޝްވަރާކުރުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

Ads by MPL

މި ވަފުދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

އިއްޔެ މެންދުރު ރާއްޖެ ވަޑައިގަތް މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ސައުދީ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދެވެ. މިވަފުދުގައި ސައުދީގެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރައްވާ މަންދޫބެއް ވެސް ހިމެނިވަޑައިގަންނަވައެވެ.

ސައުދީއާއި ރާއްޖެއާ ދެމެދު އިންވެސްޓްމަންޓްތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރާ އެކު މި ވަފުދުގެ ބޭފުޅުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ސައުދީ އެމްބަސީން ބުންޏެވެ.

އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް، ހާއްސާ ފޯރަމެެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!