ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތްއިރު އަދުލުއިންސާފުގެ ގަރާރު ފާސްކުރި ނަމަ، މިއަދު ކަންބޮޑުވާކަށް ނުޖެހޭނެ: އައިބީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ސުޕަރ މެޖޯރިޓީ އޮތްއިރު އަދުލުއިންސާފުގެ ގަރާރު ފާސްކުރިނަމަ، މިއަދު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ކަންބޮޑުވާން ނުޖެހުނީސްކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

Ads by MPL

އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ކުރިކަމަކީ ކޯޓުތަކުގެ ފަނޑިޔާރުން ހިފާ ހައްޔަކުރުމާއި ކޯޓުތަކަށް ބިރުދެއްކުން އެކަނި ކަމަށެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނު ނަމަވެސް މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި މެންބަރު މީކާއީލްއަށް ވެސް އެ ފުރުސަތުތައް ލިބުނުކަމަށާއި، އޭރު އެ ކަންކަމަށް ވަކާލާތުކޮށްފައި ނުވާކަމަށް މެންބަރު ދީދީ ވިދާޅުވިއެވެ.

ތި ބޭފުޅުންގެ މެޖޯރިޓީ އޮތް ސަރުކާރެއްގައި މި ކަންކަން ކުރެއްވި ނަމަ، މިއަދު މި ގަރާރުތަކާއި މި ކުއްލި މައްސަލަތައް މި ތަނަށް ހުށަހަޅައިގެން ބަހުސްކުރާކަށް ނުޖެހޭނެ.

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ، މެންބަރު މީކާއީލް އޭރު ހުންނެވީ ފިލާކަމަށާއި އެއްވެސް ވަރަކަށް މަޖިލީހުގެ މެންބަރެއްގެ ޒިންމާ އަދާ ކުރައްވައިފައި ނުވާކަމަށެވެ. އަދި އިދިކޮޅުން ފިތުނަ ފަސާދަކުރާކަމަށް ބުނެ، މަޖިލީހުގެ ތަޅުމުގައި އޭރު ވެސް އެމްޑީޕީ މެންބަރުން އެއްބާރުލުން ނުދޭކަމަށް މެންބަރު ދީދީ ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo