ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމީކް ސްޓޫޑިއޯއާއި ވުޒާރާގެ ސެކްޝަންތައް ގުޅިގެން މި ހަފްތާ ބަނދުގައި ބާއްވާ މީޑިއާ މައުރަޒު 2025ގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސްވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލަން ނިންމައިފިއެވެ.
މިއަދު ހަވީރު 16:00ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މީޑިއާ މައުރަޒު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހެނދުނު 10:00އިން 18:00އާ ހަމައަށް ވެސް މީޑިއާ މައުރަޒު ކުރިއަށް ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ، އެ ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކުގެ މައުލޫމާތާއި، މަޝްރޫއުތަކާ ގުޅޭ އަދާހަމަތަކާއި، ވަކިވަކި ސެކްޝަންތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ބާއްވާ ހާއްސަ މައުރަޒެކެވެ.

