Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދެ ލޯބިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދީފި

ދެ ލޯބިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދީފި

މާލޭގެ ގެއެއްގައި ދެ ލޯބިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމާރާމާރީގައި އަނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.

Advertisement
Allied — Dhen Online (box)

މި މާރާމާރީގައި ދެމީހުންނަށް ވެސް އަނިޔާވެފައިވާތީ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި މި ވަގުތު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް