Sunday, 15 November 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

ކާމިޔާބު ފިލްމު ލިލީ މިމަހު 21 ގައި އަނެއްކާވެސް އޮލިމްޕަހަށް

ކާމިޔާބު ފިލްމު ލިލީ މިމަހު 21 ގައި އަނެއްކާވެސް އޮލިމްޕަހަށް

މިދިޔަ މަހުގެ ފަހުކޮޅު އޮލިމްޕަސް ސިނަމާގައި ކާމިޔާބު ޝޯވތަކެއް ދެއްކި ދިވެހި ފިލްމު "ލިލީ" މިމަހު 21 ގައި އަނެއްކާވެސް އޮލިމްޕަހުގައި ދައްކަން އިއުލާން ކޮށްފި އެވެ.

މިއަދު އާންމު ކުރި ވީޑިއޯއަކާއިއެކު "ލިލީ" އޮލިމްޕަހަށް އަންނަކަން އިއުލާން ކުރިއިރު އެމީހުންގެ ރަސްމީ ވެބްސައިޓު <a href="https://book.lilythemovie.com/">www.book.lilythemovie.com</a> އިން މިހާރު ހަތަރު ޝޯއެއްގެ ޓިކެޓު ބުކް ކުރަން ވަނީ ހުޅުވާލައިފަ އެވެ. ވެބްސައިޓުގެ އިތުރުން ފިލްމުގެ ހޮޓްލައިން 7505079 އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ.

އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ "ލިލީ" އަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމު ވެފައިވާ އަންހެން ކުއްޖަކު ހެދިބޮޑުވަމުން އަންނައިރު ލިބޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ އިތުރުން ފިލްމުގައި ވަނީ ދިވެހި މުޖުތަމައުގައި އާންމުކޮށް ހިނގާ ބައެއް ކުށްތަކުގެ މައްޗަށްވެސް އަލިއަޅުވާލައިފަ އެވެ.

Advertisement
Ooredoo — Truecaller (box)

މުހައްމަދު އަރީޙް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މުހިންމު ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، އަލީ ފާރޫގުގެ އިތުރުން މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. މީގެ އިތުރުން އައިޝަތު އާރިފާ، ހަދީޖާ އަބްދުއް ރަހުމާން އަދި ކުޑަ ކުއްޖެއްގެ ރޯލުން އެލީޝާ ސަނީމްވެސް ފެނެ އެވެ.

ގިނަ ބަޔަކަށް ކަމުދިޔަ "ލިލީ" ގެ 13 ހައުސްފުލް ޝޯވއެއް މިހާތަނަށް އައިއިރު އޮލިމްޕަސް ސިނަމާގައި ވަނީ ދައްކައިފަ އެވެ. އިތުރަށް ދައްކަން ހަމަޖެހިފައިވަނީ ކިތައް ޝޯވކަމެއް އަދި ހާމައެއް ނުކުރެ އެވެ. މިހާރުވެސް އަތޮޅު ތެރޭގެ ރަށްތަކުގައި މި ފިލްމުގެ ކާމިޔާބު ޝޯވތަކެއް ދަނީ ދައްްކަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.