އާއްޓޭއާއި ދިގަލި އަދި އިތުރު 8 މީހަކަށް ދައުވާކޮށްފި

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓްތައް ބަހައްޓާފައި ހުރި ދެ ކޮންޓޭނަރު ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މި މަހުގެ ތިންވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން އޮތީ ޕީޖީ އޮފީހަށް ހުށައަޅައިފައެވެ.
ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންގެ ހިދުމަތަށް އަނބުރާ ފޮނުވާލައި ދެން ތިބި އެންމެންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ދައުވާކުރަން ފޮނުވި މީހުންނާއި ކުރި ދައުވާތައް
- ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދާއި، މއ. އެވަގްލޯރީ، އަހުމަދު އާރިފާއި، ހ. ނިއުހެޕިނަސް، މުއާޒު އަލީ
- ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަހުމަދު ފިރުސާން
- ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
- ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަޙްމާން، ބަނގުލަދޭޝް، މުހައްމަދު އަލަމިން މިއާގެ މައްޗަށް:






ކޮމެންޓް