Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލ. ގަމު އިރުން ކާގޯ ބޯޓެއް އޮޔާދަނީ، ސަމާލުވޭ!

ލ. ގަމު އިރުން ކާގޯ ބޯޓެއް އޮޔާދަނީ، ސަމާލުވޭ!

ލ އަތޮޅު ގަމުގެ އިރުން "އިންޓަރގްރިޓީ ސްޓަރ" ނަމަކަށް ކިޔާ ކާގޯ ބޯޓެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފިއެވެ.

ދިފާއީ ބާރުން ބުނީ، މި ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން، އުތުރުން ދެކުނަށް ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

https://twitter.com/MNDF_Official/status/2002024977273442602

Advertisement
Ooredoo — Square (box)

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް