ލަންކާގެ ސްޕާއަކުން، ހަށިވިއްކަމުންދިޔަ 9 މީހަކު ހައްޔަރުކޮށްފި
ސްރީލަންކާގެ ކޮލުޕިޓިޔާ އަވަށުން، މަސާޖުޕާލާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ތައިލެންޑުގެ 9 މީހަކު ހައްޔަރުކޮށްފިއެވެ.
އެ ޤައުމުގެ މީޑިއާތަކުން ބުނާގޮތުގައި ހުކުރު ދުވަހުގެ ރޭ ކޮލަންބޯގެ ސައުތު ޑިވިޝަން ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ވިޔަފާރީގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ބެލެވޭ، ޖާ-އެލާ (40އ) ނަމަކަށް ކިޔާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހައްޔަރު ކުރެވުނު ތައިލެންޑުގެ 9 އަންހެނުންނަކީ ޢުމުރުން 25 އަހަރާއި 41 އަހަރާ ދެމެދުގެ މީހުންކަމަށާއި މި 9 އަންހެނުންނަކީ އެ މަސާޖުޕާލާގައި ޖިންސީ ޚިދުމަތް ފޯރުކޮށްދިނުމަށް އުޅޭ މީހުން ކަމަށް ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.
މި މައްސަލަ ކޮލުޕިޓިޔާގެ ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
