ވިޔަފާރި

ސުޕަ ސަންޑޭ ؛ ރާއްޖެއާ ދިމާލަށް ގިނަ ބޯޓުތަކެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން

ރާއްޖޭގެ ޓޫރިޒަމް އެންމެ ޕީކަށް އަންނައިރު، މި އަދަކީ އެއާޕޯޓް ބިޒީ ދުވަހަކަށްވާނެއެވެ. އެކަން ބުނެދެނީ ސުޕަ ސަންޑޭގައި ރާއްޖޭގައި ޖައްސަން އަންނަ ފްލައިޓްތައް ދަމައިލައިފައި އޮތް ދިގު ކިޔުއެވެ.

Ads by STELCO

ފްލައިޓް ރާޑާއިން ފެންނަ ގޮތުގައި ރާއްޖެއަށް ޖައްސަން ކިޔޫ ހަދައިލައިފައި ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއަރލައިންތަކުގެ ފްލައިޓްތަކެވެ.

ޓޫރިޒަމްގެ ޑިމާންޑްތައް މަތިވަމުންދާއިރު، އެމްއޭސީއެލުން ދަނީ އެއަރލައިންތައް ޓާމިނަލް ވަންއަށް ބަދަލު ކުރަމުންނެވެ. އެންމެފަހުން، ޓާމިނަލް ވަންއަށް ބަދަލުވި އެއަރލައިންއަކީ އެއާ ފްރާންސްއެވެ. ޓާމިނަލް ވަންއަށް ކައިރި ކުރި އެއަރ ފްރާންސްގެ ފުރަތަމަ ފްލައިޓް, AF268އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މީގެ އިތުރުން، އެއާ ފްރާންސަކީ ޓާމިނަލް ވަންއިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއަރލައިނެވެ. އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017ގައެވެ. އެއަރ ފްރާންސްގެ އިތުރުން ޓާމިނަލް ވަންއިން މިހާރު ދަނީ 34 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!