ޞައްޙަ ނޫން ޑޮލަރުގެ މުޢާމަލާތް ކުރި މީހަކު ހޯދަނީ

ޞައްޙަ ނޫން ޑޮލަރުގެ މުޢާމަލާތްކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ޞައްޙަނޫން ޑޮލަރުން ވިޔަފާރީގެ މުޢާމަލާތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި ވީޑިއޯއެއް ވެސް ފުލުހުން ވަނީ ޢާންމުކޮށްފައެވެ.
https://twitter.com/PoliceMv/status/2002640303187243282
މީގެ އިތުރުން ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރުން އެދޭކަމަށެވެ.







ކޮމެންޓް