ސިޔާސީ

އެމްޑީޕީއާ އެކު ރައީސް ޔާމީން ހުރުން އެއީ އެންމެ އެދޭ ގޮތް: ޞާލިޙު / ނަޝީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އާ އެކު ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުރުމަކީ ނުވަތަ އެކީގައި ސިޔާސީ މަސައްކަތް ކުރުމަކީ އެންމެ އެދޭ ގޮތްކަމަށް ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ދެބޭފުޅުން އެކީގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޔާމީންއާ އެކު ވެސް ސިޔާސީ މަސައްކަތް ކުރެވޭނެ ކަމަށާއި ރައީސް މައުމޫނާ އެކު ވެސް އެމްޑީޕީން ވާނީ ސިޔާސީ މަސައްކަތް ކޮށްފައިކަމަށެވެ.

މިހާރު ޤައުމު މިއޮތް ޙާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް އައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އޮންނަން އެދޭ ކަމެއް،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޞާލިޙު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ނަޝީދުއާ އެކު އެމްޑީޕީ ދާނީ ކުރިއަށް ކަމަށާއި ޕާޓީ ތެރޭގައި އުފެދޭ ބައިބައިވުންތަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ދެ ކެންޑިޑޭޓަކު ނިކުމެފައިވެއެވެ. އެއީ ޢަލީ އާޒިމްއާއި އާދަމް އާޒިމެވެ. ރައީސް ނަޝީދު ހުންނެވީ ޢަލީ އާޒިމްގެ ފަޅީގައެވެ. އަދި ޞާލިޙު ހުންނެވީ އާދަމް އާޒިމް ފަޅީގައެވެ.

Ads by HDC
  1. މަރިޔަމް ޝިފާޒާ އިބްރާހީމް

    އެމްޑީޕީ އާއެކު ރައީސް ޔާމިނު ހިޔެއްނުވޭ މަސަކަތް ކުރާނެ ހެންނެތް އެއީ މުޅިން އެހެން
    ސްޓައިލެއްގެ މީހަކަށް ވެފާއި އެއްވެސް ޕާޓީ އަކާއެކު މަސަކަތް ކުރާނެ ހެން ނުބެލެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގާ އަދި ޔާމީން ދެއްކި ވާހަކަތަކަށް ބަލާފާ ބުނާ ވާހަކެއް އހަރެންނަކީ އެއްވެސް
    ސިޔާސީ ކަންކަމާ އުޅޭ މީހެއްނޫ ން އެންނަމަވެސް ކޮމެންޓް ކުރެވިދާނެ