ޚަބަރު

އަހަރީ ޗުއްޓީއާ ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސްކޫލުތައް ބަންދުވެ، އަހަރީ ޗުއްޓީއާއި އައު އަހަރާ ދިމާކޮށް، މާލެއިން ފުރާ އަދި މާލެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by MPL

ފުލުހުންގެ ޚިދުމަތުން ބުނީ، ސްކޫލް ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން އެކި ރަށްރަށަށް ދަތުރުކުރާ މީހުން ގިނަވެ، ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، މުދާ ބަރުކޮށްގެން ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި އޮޕަރޭޝަންގެ މައިގަނޑު މަޤުޞަދު ކަމަށެވެ.

މެރިން ޕޮލިހުން މި ޙަރަކާތް ކުރިއަށް ގެންދަނީ، މި މަހުގެ 23ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވޭތޯ ބެލެމުންދާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޚާއްސަ އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވްސް އިމިގްރޭޝަން އަދި ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައި ކަމަށް ފުލުހުން ބުނެއެވެ.

Ads by Ooredoo