ޚަބަރު

އެއްނަންބަރު ޖެޓީގައި އުޅަނދަކަށް އޮވެވޭނީ ގިނަވެގެން 10 ދުވަހަށް!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އެއްނަންބަރު ޖެޓީގައި އުޅަނދުތަކަށް އޮވެވޭނީ ގިނަ ވެގެން 10 ދުވަހަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

Ads by STELCO

މާލެ ނޯތު ހާބަރު އޮޕަރޭޝަންސް ޔުނިޓުގެ ހެޑް ޖިޔާމް ސަޢީދު ވިދާޅުވީ، އުޅަނދަކަށް އެއް ނަންބަރު ޖެޓީގެ އެއްގަމު ތޮށީގައި އޮވެވޭނީ ގިނަވެެގެން 10 ދުވަހަށް ކަމަށާއި އެއަށް ފަހު އުޅަނދު ދުރުކޮށް އެހެން އުޅަނދުތަކަށް ފުރުސަތު ދޭންވާނެ ކަމަށެވެ. އަދި ދެން އެ އުޅަނދަށް އަނެއްކާ އެއްގަމު ތޮއްޓާ ކައިރި ކުރެވޭނީ ކިއުގައި ޖެހިގެން ކަމަށް ޖިޔާމް ވިދާޅުވިއެވެ.

"އޭރު އަޅުގަނޑުމެން ނަގަމުން ދިޔަ 50 ލާރީގެ ފީ، މި ކޮޅަށް ބަދަލުވުމުން ވަނީ ހިލޭ ޚިދުމަތް ދޭ ގޮތަށް ބަދަލުކޮށްފައި. އެއް ނަންބަރު ޖެޓީގައި ތޮއްޓާއި ގާތްކޮށްފައި އޮވެވޭނީ 10 ދުވަސް ވަންދެން އެންމެ ގިނަވެގެން. އެއަށް ފަހު ދުރު ކުރުމަށް ފަހު ކިއުގައި ނޯޓު ކުރުމަށް ފަހު ކިއުގައި ޖެހުނީމަ އަނެއްކާ ވެސް ކީވޯލްއާ ކައިރި ކުރެވޭނީ". ޖިޔާމް ސަޢީދު ވިދާޅުވިއެވެ.

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ވަނީ ވަގުތީގޮތުން ބަދަލުކޮށްފައެވެ. އަދި އެ އުޅަނދުތަކަށް ވަކި ޚާއްޞަ ސަރަހައްދެއް ވެސް އެމްޕީއެލްއިން ވަނީ ކަނޑައަޅައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!