Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަވާސާ ބޯޓު ދިޔަވެ، އަޑިއަށްދާތީ ފުލުހުން އެހީތެރިވެއްޖެ

ހަވާސާ ބޯޓު ދިޔަވެ، އަޑިއަށްދާތީ ފުލުހުން އެހީތެރިވެއްޖެ

ފުވައްމުލައް ސިޓީއަށް ދަތުރު ކުރަމުންދިޔަ ހަވާސާ ބޯޓު ދިޔަވެ، އަޑިއަށްދާތީ ފުލުހުން އެހީތެރިވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު މެންދުރު 12:21 އެހާއިރު މާލެއިން ފުރައިގެން ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ ހަވާސާ ބޯޓު ދިޔަވެ، އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބޯޓު އޮތް ސަރަހައްދަށް ގޮސް، ފުލުހުންގެ އެހީތެރިކަމާ އެކު އެ ބޯޓު ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށާއި ބޯޓުގައި ހުރި މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement
HDC — Sidebar (box)

މިއަދު 45 މީހުންނާ އެކު ގއ. ވިލިނގިލިން ފުރައިގެން އެ އަތޮޅު ދެއްވަދޫއަށް ދަތުރުކުރަމުންދިޔަ، އެމްޓީސީސީ އާރުޓީއެލް 124 ނަންބަރު ފެރީގެ އިންޖީނު ހުއްޓި، ޤައުމީ ދިފާއީ ބާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަހަރީ ޗުއްޓީއަށް އެކި ހިސާބުތަކަށް ދަތުރުފަތުރުތައް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ރައްކާތެރިވުމަށް ފުލުހުންނާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް