Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަންގި މުބާރާތް އަތޮޅުތަކަށް ފުޅާކޮށްފި

ބަންގި މުބާރާތް އަތޮޅުތަކަށް ފުޅާކޮށްފި

އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ބަންގި ގޮވުމުގެ މުބާރާތް، "ނޫރުލްއަޛާން" މި އަހަރު އަތޮޅުތަކަށް ފުޅާކޮށްފިއެވެ.

އެ މިނިސްޓްރީން ވަނީ މި އަހަރު ކޮންމެ އަތޮޅެއް ތަމްސީލްކުރާ ގޮތަށް ހަމަޖައްސައި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ބައިވެރީންގެ ނަންތައް ފޮނުވަން އެދިފައެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުގައި 19އަތޮޅުން 19 ބައިވެރީން ތަމްސީލްކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އަތޮޅު އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ މީހުންގެ މައުލޫމާތު މިމަހުގެ 15ވަނަ ދުވަހުގެ ކުރީން ފޮނުވައިދޭން އެދިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ފިރިހެން ބައިވެރީންނަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް