Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލޯކަލް ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށް "މައި ޕޯޓަލް" ހުޅުވައިލައިފި

ލޯކަލް ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށް "މައި ޕޯޓަލް" ހުޅުވައިލައިފި

ލޯކަލް ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓުން، ކެނޑިޑެންސީ ފޯމު ހުށަހެޅުމަށް "މައި ޕޯޓަލް" ހުޅުވައިލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ޕޯޓަލް ދުރާލައި ހުޅުވާލުމުގެ ބޭނުމަކީ ކެނޑިޑޭޓުންނަށް ލުއިފަސޭހަކަމާ އެކު ފޯމް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މިއަދުން ފެށިގެން ކޮންމެ ކެނޑިޑޭޓަކަށް ވެސް އެ ފަރާތެއްގެ އަމިއްލަ "އީފާސް" މެދުވެރިކޮށް، މައި ޕޯޓަލްއަށް ލޮގިންވެ، ކެނޑިޑެންސީ މަޢުލޫމާތާއި، އެހެނިހެން ލިޔެކިޔުންތައް އަޕްލޯޑުކުރެވޭނެ ކަމަށާއި އިންތިޚާބަށް ދައްކަންޖެހޭ އިދާރީ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށް ވެސް އީސީން ބުނެއެވެ.

މީގެ އިތުުރުން އީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތަށް، 1 ޑިސެމްބަރު 2025ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑް ސީޓުތައް އަޕްލޯޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހުރިހާ ކެނޑިޑޭޓުންނަށް އީސީން އިލްތިމާސްކުރެއެވެ.

Advertisement
Ooredoo — Square (box)

ދާއިރާތަކުން ކުރިމަތިލާ މިނިވަން ކެނޑިޑޭޓުން، އެ ދާއިރާއަކުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 50 މީހުންގެ ތާޢިދު ހޯދަންވާނެ ކަމަށާއި އެކަންކަން ކުރިއަށް ގެންދަން ވެސް ވާނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަނުން މަޢުލޫމާތުދެއެވެ. އަދި މިހާރު ޕޯޓަލް ހުޅުވައިލި ނަމަވެސް، ހުރިހާ ކެނޑިޑޭޓުންނަށް ވެސް އިންތިޚާބަށް ރަސްމީކޮށް ފޯމް ހުށަހެޅޭނީ އެ ކޮމިޝަނުން އިއުލާނުކުރުމުން ކަމަށް ވެސް އީސީއިން ބުނެއެވެ.

އެހެންކަމުން މައި ޕޯޓަލްއާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާ ނަމަ 1414އަށް ގުޅުއްވުމަށް އެ އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް