އޮޕަރޭޝަން އަލިމަގު: ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންގެ ވަނަވަރު އާންމުކޮށްފި
"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މާލެ އަދި ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި މި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް(28އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު(33އ)، އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް(30އ)ގެ އިތުރުން އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް(35އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފް، އަޙްމަދު މަދީޙު އަދި އަޙްމަދު އަނާމް އިބްރާހީމަށް ވަނީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށާއި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހަތަރު މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

