ވިޔަފާރި

ހިޔާ ފްލެޓުގެ ރައްޔިތުންނަށް މުދަލުގެ ރައްކާތެރިކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހިޔާ ފްލެޓްތައް/ ފޮޓޯ: މިހާރު

ހުޅުމާލޭގެ ހިޔާ ފްލެޓުތަކަކީ މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ގެދޮރުވެރިކަމުގެ އާ ބާބެއްގެ ފެށުމެވެ. ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅޭތާ 5 އަހަރު ވާން ގާތްވަނީއެވެ. ހިޔާ ފްލެޓުގެ ސަހަރަކީ ހަލަބޮލި މުޖުތަމައެކެވެ. އެތައް ހާސް އާއިލާއެއް އެކުގައި، މާސިންގާ ޓަވަރުތަކެއްގައި ދިރިއުޅެމުންދާ ހަޔާތެކެވެ.

Ads by STELCO

ނަމަވެސް މި ދިރިއުޅުން ކަޑައްތުކުރަމުން ދާއިރު ބައެއް ކަހަލަ ހިރާސްތަކަކާ ކުރިމަތިލާން ޖެހެއެވެ. ދާދިފަހުން ވެސް ބައެއް ހިޔާ ފްލެޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. ބަދިގޭގައި ކައްކަން އުދާފައި ހަނދާން ނެތުމުގެ ސަބަބުން ހިނގި ހާދިސާތަކެކެވެ. ނުވަތަ ބެލްކަންޏަކުން ވައްޓާލާ ސިނގިރޭޓު ބުރިއެއް ފަދަ އެއްޗެއް ތިރީ އެޕާޓްމަންޓަކަށް ވެއްޓި ހިނގި ހާދިސާތަކެވެ. މީގެ އިތުރުން ވައްކަމުގެ ހާދިސާތަކަކީ ވެސް އާންމުކޮށް ހިނގާ ހާދިސާތަކެކެވެ.

ވިސްނާލަން ޖެހޭ ކަމަކީ، ހިޔާ ފްލެޓުގައި ގިނަ ބަޔަކު ދިރިއުޅުން ގާއިމުކުރީ ތަކުލީފުތަކަކާއި ގުރުބާނީތަކެއް ވެގެން ކަމެވެ. ކޮވިޑް-19 ގެ އިގްތިސާދީ ބުރައިގެ ތެރެއިން، ލޯނު ނަގައިގެން ގޭތެރޭގައި މުށިޖަހައި، "ގެދޮރެއް" އަމިއްލައަށް ބިނާކޮށްގެންނެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ހިނގާ ހާދިސާއަކުން މި ހުރިހާ ގުރުބާނީއެއް ނެތި ދިއުމަކީ ބޮޑު ގެއްލުމަކަށް ވާނެއެވެ.

މިކަމުގެ ހައްލަކީ އެލައިޑް ތަކާފުލްގެ "އަހަރެންގެ ހިޔާ" ތަކާފުލް ޕްލޭނެވެ. މި ޕްލޭނުގެ ދަށުން އަލިފާނުގެ ހާދިސާތައް، އެއްޗެއް ގޮވުން، ހޮނު އެޅުން، ދުން ފެތުރުން، ވިއްސާރައިގައި ފެންބޮޑުވުން، ފެންހޮޅިއެއް ފަޅައިގެން ގޮސް ކުރިމަތިވާ ކަންކަން، އަދި ވައްކަންކުރުން ފަދަ ހާދިސާތަކުން ދިމާވާ ގެއްލުންތަކުން ގޭތެރޭގައި ހުންނަ މުދަލާއި ހިފާގެންގުޅޭ ސާމާނު ކަވަރ ވާނެއެވެ.

މި ޕްލޭނުގެ ދަށުން ތިން ޕެކޭޖެއް ހުރެއެވެ. އެއީ:

  1. ބޭސިކް: އަހަރަކު 200 ރުފިޔާ ދައްކައިގެން 150،000 ރުފިޔާގެ ކަވަރޭޖު
  2. އެކްސެލް: އަހަރަކު 300 ރުފިޔާ ދައްކައިގެން 250،000 ރުފިޔާގެ ކަވަރޭޖު
  3. ޕްރީމިއަމް: އަހަރަކު 400 ރުފިޔާ ދައްކައިގެން 350،000 ރުފިޔާގެ ކަވަރޭޖު

މިއިން ކޮންމެ ޕްލޭނެއްގެ ދަށުން ގޭގައި ގެންގުޅޭ އެކިއެކި ފަރުނީޗަރާއި، އޭސީ، ބޮކި، ފަންކާއާއި އުނދުނުގެ ހުޑް ފަދަ ފިކްސްޗާސް އަދި މައިކްރޮވޭވާއި ފްރިޖާއި ދޮންނަ މެޝިނު ކަހަލަ ކަރަންޓު ސާމާނު އަދި ގޭގެ ފްލޯރިންގާއި ކާޕެޓާއި ކުނާ ފަދަ ތަކެއްޗަށް ކަވަރޭޖު އަދަދުތަކެއް ކަނޑައަޅާފައި ހުރެއެވެ. ނަންގަވާ ޕްލޭނަކާ އެއްވަރަކަށް އެ މުދަލަކަށް މާލީ ބަދަލު ލިބޭނެއެވެ.

"އަހަރެންގެ ހިޔާ" ޕްލޭނުން ލިބެނީ ރައްކާތެރިކަމުގެ ފަށަލައެކެވެ. އެތައް ގުރުބާނީއެއް ވެ، ބުރަ އުފުލައިގެން "ހިޔާ" ޓަވަރުގައި ގެދޮރެއް އަމިއްލައަށް ބިނާކުރުމަށް ހޯދި ތަކެއްޗަށް ކުރިމަތިވެދާނެ އެކި ކަހަލަ ގެއްލުންތަކަށް މި ޕްލޭނުން ހައްލު ހޯދައިދެއެވެ. ދިމާވާ ހާދިސާއަކުން ކުރިމަތިވާ މާލީ ބުރަ އުފުލާކަށް ނުޖެހޭނެއެވެ.

"އަހަރެންގެ ހިޔާ" ޕްލޭނެއް ނަންގަވާ ބޭނުންވާ ނަމަ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިކަން ކޮށްލެވޭނެއެވެ. "އަހަރެންގެ ހިޔާ"އިން ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރެއްވުމަށް ފަހު، އަހަރުދުވަހުގެ ކަވަރޭޖު ހޯއްދަވަންވީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!