ދުނިޔެ

ޑޮނާލްޑް ޓްރަމްޕް އަވަހާރަވެއްޖެނަމަ، ދެން؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހުގެ އިރު އެމެރިކާއަށް އެރީ، އެމެރިކާގެ ރައްޔިތުންނަށް ހިތާމަވެރި ޚަބަރަކައިގެންނެވެ.  ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފައްވި ކަމުގެ ޚަބަރައިގެންނެވެ. ކޮވިޑަށް ފައްސިވެ، މިހާރު އެނދުމަަތި ކުރެވިފައިވާ އެމެރިކާގެ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް، ނަން ހާމަކުރަން ބޭނުން ނުވާ ރައީސްގެ ގާތް ފަރާތްތަކުން ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ބުނާ ކަމަށް ބޭރުގެ މީޑިޔާތަކުން ސުވާލު ކުރެއެވެ.

Ads by Sosun Fihaara

މިއާއެކު އެންމެންގެ ލޯ އަމާޒުވެފައި އޮތީ އެއް ސުވާލަކަށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވާ، ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިޚާބުގައި ބައިވެވަޑައިގަންނަވާ ކެނޑިޑޭޓް، ޑޮނާލްޑް ޓްރަމްޕް އިންތިޚާބުގެ ކުރިން އަވަހަރާވެއްޖެ ނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ މިކަމުގެ ސަބަބުން އިންތިޚާބަށް ކުރާނެ އަސަރަކީ ކޮބައިހެއްޔެވެ؟ އަދި  ރިޔާސީ ޓިކެޓް ލިބޭނީ ކާކަށްތޯއާއި ރިޔާސީ ޓިކެޓް ލިބޭނެ ފަރާތް ކަނޑައަޅާނީ ކިހިނެއްތޯ މިހިރީ ހައްތަހާވެސް އުފެދޭ ސުވާލެވެ.

74 އަހަރުގެ ޑޮނާލްޑް ޓްރަމްޕަކީ ސިއްޙީ ގޮތުން ބަލާއިރު، އެހާ ފިޓް މީހެއް ނޫނެވެ. އޮބީސް އަދި މުސްކުޅި މީހުން މިބަލީގައި މަރުވުމުގެ ފުރުސަތު ބޮޑުއިރު، ޓްރަމްޕް މި ދެ ކެޓެގަރީއަށް ވެސް ފެތެއެވެ. މިހެންކަމުން މިބަލާލަނީ، ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް އަވަހާރަވެއްޖެނަމަ ދެން ކަންތައް ވާނެ ގޮތަކަށެވެ.

ރިޔާސީ އިންތިޚާބު މިއަންނަ މަހު 3 ގައި އޮންނައިރު، އިންތިޚާބުގެ ކުރިން ޓްރަމްޕް އަވަހާރަވެއްޖެނަމަ، މިއީ އެމެރިކާގެ ތާރީޚްގައި މިގޮތަށް ދިމާވާ ފުރަތަމަ ފަހަރަށް ވާނެއެވެ، މިކަމާ ގުޅުންހުރި ކަމެއް ވީ 1912 ވަނަ އަހަރުއެވެ. އޭރު ނިޔާވެފައި ވަނީ ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވި ބޭފުޅެކެވެ.

އާއްމު ހާލަތުގައި ރައީސް އަވަހާރަވެއްޖެނަމަ، އެމެރިކާގެ ޤާނޫންގެ 23 ވަނަ މާއްދާގެ ދަށުން ނައިބު ރައީސް ވެރިކަމާ ހަވާލު ވާނެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު، އެއީ މައިކް ޕެންސްއެވެ. ޓްރަމްޕް އަވަހާރަވާ ހިސާބުން ވެރިކަމާ އަދި އަސްކަރިއްޔާގެ އެންމެ އިސް މަޤާމާ މައިކް ޕެންސް ހަވާލުވާނެއެވެ. ނަމަވެސް މީގެ މާނައަކީ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ބަދަލުގައި ވާދަ ކުރައްވާނީ މައިކް ޕެންސެއް ނޫނެވެ.

ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ނިޔާވެއްޖެނަމަ ދެން އަނެއްކާ ވެސް ޖެހޭނީ އެތެރޭގެ ވޯޓް ލުމުގެ މަރުހަލާއެއް ކުރިޔަށް ގެންދާށެވެ. ރިޕަބްލިކަން ނޭޝަނަލް ކޮމިޓީންއިން އެތެރޭގެ އިންތިޚާބަކަށްފަހު ރައީސް ކަމަށް އަންނަ ބޭފުޅެއްގެ ނަން ނޮމިނޭޓް ކުރާނެއެވެ.

މިއީ މައްސަލަ ޖެހޭ ހިސާބެވެ. މިގޮތަށް އިތުރު ފަރާތެއް ރައީސް ކަމަށް ނޮމިނޭޓް ކުރިޔަސް، ދެން ވޯޓް ކަރުދާހުގައި އޮންނަ ނަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގައި ވޯޓް ކަރުދާހުގައި ޖަހާނެ ނަމެއް ހުށަހަޅަން ޕާޓީތަކަށް އެކި މުއްދަތު ދީފައިވެއެވެ. ނަމަވެސް ހުރިހާ ސްޓޭޓަކުން ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފައެވެ. މީގެ މާނައަކީ ރިޕަބްލިކަން ޕާޓީއިން ކޮންމެ މީހަކު ރައީސް ކަމަށް ނޮމިނޭޓް ކުރިޔަސް، އިންތިޚާބީ ކަރުދާހުގައި އޮންނާނީ ޑޮނާލްޑް ޓްރަމްޕްގެ ނަމެވެ.

ދެން އުފެދޭ ސުވާލަކަކީ ނޮވެންބަރ 3 ގެ ވޯޓްގެ އިރުކޮޅެއްފަހުން ޓްރަމްޕް އަވަހާރަވެއްޖެނަމަ ދެން ވާނެ ގޮތެކެވެ. އެމެރިކާގެ އިންތިޚާބީ ވޯޓަށްފަހު ކޮންމެ ސްޓޭޓެއްގެ އިލެކްޓްރޯލިއަލް ކޮލެޖް އެއްތާކަށް އެއްވެ ވޯޓްލާނެއެވެ. މިގޮތަށް ލާ ވޯޓްގައި ރައްޔިތުން އިންތިޚާބު ކުރި ކެނޑިޑޭޓް ނޫން އިތުރު ކެނޑިޑޭޓަކަށް ވޯޓް ދިނުމުގެ ހައްގު ގިނަ ސްޓޭޓްތަކަށް ނޯންނާނެއެވެ. މި ވޯޓްގެ ސައްހަކަން ޔަގީން ކުރާނީ އެމެރިކާގެ ސްޕްރީމް ކޯޓުންނެވެ.

ދެން އޮތީ އެންމެ ބޮޑު ސުވާލެވެ. އިންތިޚާބު ލަސްކޮށްފާނެތޯ ކުރެވޭ ސުވާލެވެ. ރިޔާސީ އިންތިޚާބު ލަސްކުރުމުގެ ބާރު އޮންނާނީ، ކޮންގްރެސްއަށެވެ. ރައީސަކަށް އެބާރެއް ނޯވެއެވެ. ނަމަވެސް ކޮންގްރެސް އިން އިންތިޚާބު ލަސްކުރުމަކީ ވަރަށް ނާދިރު ކަމެކެވެ.

  1. ކާފަ

    ދެން ރައީސްކަން ކުރާނީ އަހަރެން..