ބޮލީވުޑް

ސައިފަށް ހަމަލާ ދިނުމުގައި ބައިވަރު މީހުން ބައިވެރިވާކަމުގެ ތުހުމަތު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސައިފް އަލީ ހާން އަދި އޭނާއަށް ހަމަލާ ދިން ވަޅިއާއި ހަމަލާދިން މީހާ --

ބޮލީވުޑްގެ މަޝްހޫރު ތަރި، ސައިފް އަލީ ހާންގެ ގެއަށް ވަދެ، އޭނާއަށް ވަޅިން ހަމަލާދިން މައްސަލައިގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by STELCO

މިދިޔަ އަހަރުގެ ޖެނުވަރީ މަހު ސައިފްގެ ގެއަށް ވައްކަން ކުރަން ވަތް މީހަކު ވަނީ އޭނާއަށް ވަޅިން ހަމަލާދިނުމަށް ފަހު އެތަނުން ފިލައިފައެވެ. އެމީހާ އެގެއަށް ވަދެފައި ވަނީ ވަލު ދޮރާށިންނެވެ.

އެ ގެއަށް ވަތް މީހާ ދެނެގަނެ، ހަމަލާދިންތާ 70 ގަޑިއިރުގެ ތެރޭގައި އެމީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޝަރިފުލް މުހައްމަދު އަމީން ފާކިރް ކިޔާ މީހެކެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައިފަށް އެމީހާ ފެނުނުއިރު ހުރީ އޭނާގެ ހަގު ދަރިފުޅު ޖަހަންގިރްގެ ކޮޓަރީގައެވެ. އެހެންކަމުން މިއީ ކިޑްނޭޕިންގެ މައްސަލައަކަށް ވެދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޝައިފުލްގެ ބަންދު އިތުރުކުރުމަށް އިއްޔެ ބޭއްވި ކޯޓުގެ އަޑުއެހުމުގައި، މި މައްސަލައިގައި ގިނަ ބައެއްގެ ބައިވެރިވުން އޮވެދާނެ ކަމުގެ ތުހުމަތު ކުރެވޭތީ އޭނާ ބަންދުން ދޫނުކުރުމަށް ފުލުހުން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން ކޯޓުން ވަނީ ޝަރިފުލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. މައްސަލައިގެ ތަހުގީގު އަދިވެސް ކުރަމުންދާތީ، މިހާތަނަށް ފުލުހުން އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ސައިފްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ނުލިބެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ބައެއް ސާޖަރީތައް ވަނީ ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސައިފްގެ އާއިލާ ދިރިއުޅޭ ގޭގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!