ވިޔަފާރި

ޑިސެމްބަރު މަހު ޑޮލަރު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ ' ފޮޓޯ: އެމްއޭސީއެލް

މިދިޔަ އަހަރުގެ ފަހު މަހު އެކަނި ދައުލަތަށް 157 މިލިއަން އެމެރިކާ ޑޮލަރު ލިބި ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 30.7 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

Ads by STELCO

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑޮލަރުގެ އާމްދަނީގެ ގޮތުގައި 157 މިލިއަން ޑޮލަރު 108 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިދިޔަ އަހަރު ޑޮލަރުގެ އާމްދަނީ ރަނގަޅުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޖެނުއަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގާ ރޭޓު ވަނީ ބޮޑުކޮށްފައެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރުން ލިބޭ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. މީގެ އިތުރުން ފަތުރުވެރިން އައި އަދަދު އިތުރުވުން ވެސް ހިމެނެ އެވެ. އެގޮތުން 2025ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރަށް ވުރެ އިތުރުވެފައެވެ. ހާއްސަކޮށް ނޮވެމްބަރު މަހު ފަތުރުވެރިން އައި އަދަދު 12.8% އިތުރުވުމަކީ ޑިސެމްބަރު މަހުގެ އާމްދަނީ މަތިވި މައިގަނޑު ސަބަބެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ނޮން-ޓޫރިޒަމް އާމްދަނީ އިތުރުވުމެވެ. ބިން ކުއްޔަށް ދިނުމާއި، ލޭންޑް އެކިއުޒިޝަން ފީގެ ގޮތުގައި ލިބުނު ޑޮލަރުގެ އާމްދަނީ ވެސް ވަނީ އަންދާޒާ ކުރިވަރަށް ވުރެ މަތިވެފައެވެ.

ޑިސެމްބަރު މަހު އާމްދަނީ

ޓޫރިޒަމް ޖީއެސްޓީ
ޓޫރިޒަމް ލޭންޑް ރެންޓް (ރިސޯޓް ކުލި)
ގްރީން ޓެކްސް
އެއާޕޯޓް ޑިޕާޗާ ޓެކްސް އާއި ފީ

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަކީ ކުރިން ލަފާކުރި މިންވަރަށް ވުރެ 17.4 އިންސައްތަ އިތުރު އަދަދެކެވެ. މިއީ މުޅި އަހަރުގެ އިގްތިސާދީ ދުވެލި ހުރިގޮތަށް ބަލާއިރު ބޮޑު އިތުރުވުމެކެވެ.

  1. މާހީ

    ޑޮލަރު އާމްދަނީ ބޮޑުވުމުން ވެސް ފައިދާކުރީ ހަމަ ތަނަވަސް މީހުންނަށެވެ. ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރީއޭ ބުނުމުން ބައެއް މީހުން ހީކުރީ އިދާރީ މީޙުންނަށް ރަނގަޅު އެއްޗެއް ބޮޑުވާނެކަމަށެވެ. އެކަމަކު އެސްޖީ އަކަށް 20000ރ ބޮޑުވިއިރު 33 އަހަރު ސަރުކާރަށް ޚިދުމަތްކުރި މީހަކަށް ވީ ކުޑައެވެ. ރައީސް މައުމޫން ވެސް ދިގު މުއްދަތަށް ޚިދުމަތްކުރި ފާރާތްތަކަށް ޢިނާޔަތް ދެއްވިއެވެ. އެކަމަކު މިހާރު ސީނިއަރ ނަރުހުންނަށް 35000ރ 40000ރ ދޭއިރު އިދާރީ މީހަކަށް 10000ރ އެވެ. ދެމީހުންގެގެ ޢާއިލާވެސް އޮވެއެވެ. ތަކެތީގެ އަގު އެންމެނަށްވެސް އެއްވަރެވެ. އެކަމަކު 40000ރ ލިބޭ މީހާ ހުރިހާ ބޭނުމެއް ފުއްދާފައި ފޮރުވަން 20000ރ އޮެވެއެވެ. 10000ރ ލިބޭ މީހާ މސް ނިމޭއިރު 5000ރ ދަރައެވެ. މީއ މުސާރަ ހަމަހަމަ ކުރުމުން ލިބުނު ފޮނިމީރުކަމެވެ.