ޚަބަރު

އީސީން "ވޯޓަށް ތައްޔާރު"ގެ ނަމުގައި މާދަމާ ޢާއިލީ ހަވީރެއް ބާއްވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންްސް ކޮމިޝަނުން "ވޯޓަށް ތައްޔާރު" ނަމުގައި މާދަމާ ޢާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

އިލެކްޝަންްސް ކޮމިޝަނުން ބުނީ، މި ޢާއިލީ ހަވީރު އޮންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3(ގާޑިޔާ ސަރަހައްދު)ގައި ކަމަށާއި ޢާއިލީ ހަވީރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ހަވީރު 16:00 އިން ފެށިގެން 18:00އަށް ކަމަށެވެ. އަދި މި ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތަކާއި ސްޓޭޖު ހަރަކާތްތަކުގެ އިތުރުން އިނާމުތައް ލިބޭ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން މި ޙަރަކާތުގެ ތެރެއިން ރީ -ރަޖިސްޓަރީވުމާއި އިންތިޚާބު ކުރިއަށްދާ މަރުކަޒުތަކުގެ އޮފިޝަލުންނަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަޤާމަށް ހުށަހެޅުމުގެ އިތުރުން ޓާސްކްފޯސް ވަޒީފާތަކަަށް އޮތް ފުރުސަތުތަކުގެ މަޢުލޫމާތު ދިނުން ވެސް ކުރިއަށްދާނެ ކަމަށް އީސީ ބުނެއެވެ.