ޚަބަރު

ބިލެތްދޫން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ފ. ބިލެތްދޫން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 13ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ. ބިލެތްދޫގައި އޮޕަރޭޝަނެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފ .ބިލެތްދޫ / ސޯސަންވިލާ، ޙުސައިން ސަހުލް (39އ) ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން ސަހުލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!