ޚަބަރު ލޯކަލް ކައުންސިލް އިންތިޚާބު

އަމިއްލަ ކެނޑިޑޭޓަށް ކޯޓުތަކުން ނާކާމިޔާބުވެ ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޝަލީޒް--

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓް ރިނދަލިގެ، އަބްދުލްމަޖީދުއަށް އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި އޭނާއާ ވާދައަށް ނުކުތް ޕީއެންސީ ކެނޑިޑޭޓަށް ގޮނޑި ކަށަވަރުވެއްޖެއެވެ.

Ads by Allied

އަބްދުލް މަޖީދު އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުން އޭނާގެ ކެނޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންއިން އޮތީ ނިންމައިފައެވެ. އެހެންވެ އެ މައްސަލަ އޭނާ ހައިކޯޓަށާއި އަދި ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ.

އެކަމަކު ދެ ކޯޓުން ވެސް އެ މައްސަލައިގައި މަޖީދުއަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އެ ހުކުމްކޮށްފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނީ ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތުހަމަވީ އެ މަގާމަށް ކުރިމަތިލި ޕީއެންސީގެ ކެނޑިޑޭޓް ކ. ގުރައިދޫ އޯޝަންރީޑް، އިބްރާހީމް ޝަލީޒް އެކަނި ކަމަށާއި އެހެންވެ އިންތިހާބަކާއި ނުލައި ޝަލީޒް މަގާމަށް ހޮވިފައިވާ ކަމަށެވެ.

ޝަލީޒްއަކީ މިހާރު ވެސް ގުރައިދޫ ކައުންސިލްގެ ނައިބު ރައީސްއެވެ.

ޝަލީޒްއަށް ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުވުމާ އެކު އިންތިހާބަކާ ނުލައި ޕީއެންސީއަށް މިހާތަނަށް 70 ގޮނޑި ވަނީ ކާމިޔާބުވެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!