Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބައިނަލްއަޤުވާމީ ފްލީޓް ރިވިއުގައި ދިފާއީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

ބައިނަލްއަޤުވާމީ ފްލީޓް ރިވިއުގައި ދިފާއީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަޤުވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެއެވެ.

މި މަހުގެ 15އިން 25ވަނަ ދުވަހަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއްތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ޙަރަކާތެކެވެ.

މި އަހަރުގެ ފްލީޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74ޤައުމަކުން ބައިވެރިވެފައިވާ ކަމަށާއި މި ޙަރަކާތުގައި ޖުމްލަ 85އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66އުޅަނދަކާއި ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ 19އުޅަނދެއް ހިމެނޭ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ. އަދި އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑާންޓް ވަނީ ބަނގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައި ކަމަށާއި މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ދިފާއީ ބާރުން ބުނެއެވެ.

ބައިނަލްއަގުވާމީ މިފަދަ ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރުގެ ޤައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ވެސް ދިފާއީ ބާރުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް