Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، 5 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ހުޅުމާލޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، 5 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، ޙާލުގައި ޖެހުނު ޢާއިލާއެއްގެ 5މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، ރޭ 23:00ހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަން އެވެނިއު އިމާރާތުގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި މި ޙާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ބޭނުން ނުކުރޭވަރަށް އަނދާފައިވާ ކަމަށް ވެސް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެމްޑީއެމްއޭ)އިން ބުނީ، މި ޙާދިސާގައި ޙާލުގައި ޖެހުނު ޢާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މި ޢާއިލާގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

Advertisement
HDC — Sidebar (box)

މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް