ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ، ޙާލު ރަނގަޅު: ފުލުހުން
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ ކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ, ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ، ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ)ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ.
ޢާއިލާގެ ފަރާތުން އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 17ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި ޢާއިލާއަށް އެންމެ ފަހުން އޭނާ ފެނިފައި ވަނީ މި މަހުގެ 13ވަނަ ދުވަހު މެންދުރު 12:00އާއި 13:00އާ ދެމެދުގެ ވަގުތެއްގައި ގޭގައި އުޅެނިކޮށް ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއްވެފައި ނުވާ ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.


