ޚަބަރު

ފުޅިފުޅިއަށް އަޅައިގެން ބަނގުރާ ވިއްކަމުން ދިޔަ ބިދޭސީ މީހާގެ ބަންދަށް އިތުރު 10 ދުވަސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބަނގުލަދޭޝްއަށް ނިސްބަތްވާ މެހެދީ ހަސަން ރާނާ، (25އ)

ފުޅިފުޅިއަށް އަޅައިގެން ބަނގުރާ ވިއްކަމުން ދިޔަ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by STELCO

މި މަހުގެ އެއްވަނަ ދުވަހު ބަނގުލަދޭޝްއަށް ނިސްބަތްވާ މެހެދީ ހަސަން ރާނާ، (25އ) ހައްޔަރުކުރީ  ހުޅުމާލެ ފޭސް އެކަކުންނެވެ. މެހެދީގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ބަލާ ފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 26ފުޅި އޭރު ފެނުނެވެ.

އެ މައްސަލައިގައި މެހެދީގެ ބަންދަށް 20 ދުވަސް ޖެހިއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިދީފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މެެހެދީއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީއެއް ކަމަށާއި އެހެންވެ އޭނާ ފިލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. މެހެދީގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެެއެވެ.

Ads by PNC