Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޢުމްރާއަށް ނުފުރިފައި ތިބި ފަރާތްތަކަށް ޙައްޖު ކޯޕަރޭޝަނާ އެކު ފުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޢުމްރާއަށް ނުފުރިފައި ތިބި ފަރާތްތަކަށް ޙައްޖު ކޯޕަރޭޝަނާ އެކު ފުރުމުގެ ފުރުޞަތު ހުޅުވާލައިފި

ރަމަޟާން މަހުގެ ޢުމްރާއަށް ނުފުރިފައި ތިބި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަނާ އެކު ފުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެކި ޤުރޫޕުތަކުން ޢުމްރާގެ އަޅުކަމަށް ނުފުރިފައިވާ ފަރާތްތައް ފުރޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދެއްވާފައިވުމާ އެކު، އެ ފަރާތްތައް ފުރުވާލެވޭނެ އިންތިޒާމްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން މޯލްޑިވިއަން ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިވަގުތާ ހަމައަށް 150ފަރާތަކުން ފުރަން ބޭނުންވެފައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރަށް ވެސް ޖާގައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެކި ސަބަބުތައް މެދުވެރިވެގެން ނުފުރިފައި ތިބި ފަރާތްތަކުން މި ފުރުޞަތުގެ ބޭނުންހިފާ، މާދަމާ މެންދުރު 12:00ގެ ކުރިން އީމެއިލް އެޑްރެސް [email protected] އަށް މަޢުލޫމާތު ފޮނުވުމަށް އެދޭކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް