Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ 2 މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ 2 މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހަކު، ވެލާނާ އިންޓަނޭޝަނަލް އެެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޖައިނަބު ވާޖިދު ޢަލީ، އިންޑިއާ (25އ)، އަދި މުޙައްމަދު ނަވާޒް ދަޔަތަރު، އިންޑިއާ (21އ)ކަމަށެވެ. އަދި މި ދެ މީހުން ވަނީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފައި ކަމަށާއި ފުލުހުންނާ މި މީހުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ވަނީ 5ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް