ވިޔަފާރި

އެލައިޑް ތަކާފުލް އިން "ކަމަނަ ތަކާފުލް" ގެ ޚާއްޞަ ޕްރޮމޯޝަނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެލައިޑް ތަކާފުލްގެ ފަރާތުން "ކަމަނަ ތަކާފުލް" ގެ ޚާއްޞަ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 8މާރިޗު 2026އިން ފެށިގެން 7މޭ 2026ގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަންގަވާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެއެވެ.

Ads by Allied

"ކަމަނަ ތަކާފުލް" އަކީ އަންހެނުންނަށް ޚާއްޞަކޮށްގެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް)ޕްލޭނެކެވެ. މި ޕްލޭންގައި މާލީ ރައްކާތެރިކަމާއި ދިގުމުއްދަތުގެ ސޭވިންގްސްގެ ފައިދާތައް އެކުލެވިގެންވެއެވެ. މީގެ އިތުރުން، މި ޕްލޭނަކީ ފައިސާ ރައްކާކުރުމާއި، ރައްކާތެރިކަމާއި، ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މީގެ ސަބަބުން އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަޤްބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެއެވެ.

ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ ކަމަނަ ތަކާފުލް ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަމާއި ދިގު މުއްދަތުގެ ރައްކާތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ފޯރުކޮށްދިނުމެވެ. އެލައިޑް ތަކާފުލްއިން ގަބޫލުކުރާ ގޮތުގައި، އަންހެނުންގެ ބާރުވެރިކަން ފެށެނީ ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާއެކު ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮތުމުންނެވެ. 

ކަމަނަ ތަކާފުލްގެ ދަށުން މި ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ ފަރާތްތައް ރައްކާކުރި ފައިސާއާއި އެ ފައިސާއިން ލިބުނު ފައިދާ އަނބުރާ ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕްލޭންގައި "އިމަޖެންސީ ފަންޑް" އެއް ހިމެނެއެވެ. މީގެ ސަބަބުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ %5އާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ދިގުމުއްދަތުގެ ސޭވިންގްސް އަށް ބުރޫނާރާނެހެން، ކުއްލިއަކަށް ކުރިމަތިވާ މާލީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

މިއާއެކު، މި ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. މި ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން، އަންހެނުންގެ ސިއްހަތާއި މާލީ ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން، ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އެލައިޑް ތަކާފުލްގެ މަގްސަދަކީ، އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް އިތުބާރާއި ހިތްހަމަޖެހުމާއެކު މުސްތަޤްބަލު ރޭވުމަށް އެހީތެރިވެދޭނެ ފަދަ، ރައްކާތެރިކަން ކަށަވަރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.