Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާއަށް ޓީއޯއާރްގައި ސޮއިކޮށްފި

ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާއަށް ޓީއޯއާރްގައި ސޮއިކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވައިލާ މިނިވަން ވިޔަފާރީފެ އެއްބަސްވުމުގެ މަޝްވަރާތއް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު)ގައި ސޮއިކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންގްދަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނީ ރާއްޖެއާ އެކު އެފްޓީއޭއެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އޮނިގަނޑާއި އުސޫލުގައި ކަނޑައަޅައި، ޓީއޯއާރުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭން މިހާރު ދަނީ ޗައިނާއާ އެކު ހަދާފައިވާ އެފްޓީއޭއަކަށް އަމަލުކުރަމުންނެވެ. އަދި ތުރުކީއާ އެކު ވެސް ރާއްޖޭން ވަނީ ޕްރޮފެރެންޝަން ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް