ޚަބަރު

ނިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފ.ނިލަންދޫ

ފ.ނިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Allied

ފުލުހުންގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ އެ މައްސަަލަ ހުށަހެޅީ އިއްޔެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ކުޑަކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!