އަލަށް ހުށަހައަޅާ އަބުރުގެ ބިލުން މީޑިއާތަކަށް ނުރައްކަލެއް ނެތް: ބަންޑާރަ ނައިބު އޮފީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހެޅުމަށް ހަމަޖެހިފައިވާ އަބުރުގެ ބިލުގެ ސަބަބުން ނޫސްވެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބުގެ އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ އަބުރުގެ ބިލު ފަރުމާ ކޮށްފައި ވަނީ ނޫސްވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ.
އެ ބިލަކީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ގަވައިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހަޅާ ބިލެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ބިލުގައި ހިމަނާނީ، އެ ގަވާއިދުގައި ހިމެނޭ ބައިތައް ކަަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ތަސްދީގުކުރިއެވެ. އެ ގާނޫނާއެކު މީޑިއާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާއެކު މިސަރުކާރުން ވަނީ އެ ގާނޫނު އުވާލާފަ އެވެ.