Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވޯޓުގެ ސިއްރުކަން ފުރިހަމައަށް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން އީސީން ދީފި

ވޯޓުގެ ސިއްރުކަން ފުރިހަމައަށް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން އީސީން ދީފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ރައްޔިތުންލާ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެކަމުގެ ފުރިހަމަ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ، ވޯޓުލުމުގެ ހައްގު އަދާކުރުމުގައި ރައްޔިތުންގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން އަމަލުކުރަން ރާވަމުންދާކަމަށް ބުނާ ވާހަކަތަކާއި އެ ކޮމިޝަނުގެ އިތުބާރު ގެއްލުވާލުމުގެ މަގުސަދުގައި ފަތުރަމުންދާ މިފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އިންތިޚާބުގެ އެންމެހާ ކަންކަން އިންތިޒާމުކޮށްފައި ވާނީ ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިންކަން ފާހަގަކޮށް، އީސީން ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އެއްވެސް އޮފިޝަލަކު، ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ގޮތަކަށް ވޯޓުލުމަށް އެއްވެސް ރައްޔިތަކަށް ނާންގާނެ ކަމަށެވެ. އަދި އުސޫލާ އެއްގޮތަށް ކޮންމެ މީހަކަށް ވެސް ތިން ވޯޓު ކަރުދާސްކޮޅު ދޫކުރެވޭނެކަމަށާއި، އެމީހަކު އިޚުތިޔާރުކުރާ ގޮތަކަށް ވޯޓުލުމުގެ ފުރިހަމަ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ އޮންނާނެކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement
HDC — Sidebar (box)

އިންތިޚާބުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި، ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަމަށް ތުހުމަތުކުރެއްވި ބޭފުޅުންގެ ތެރޭގައި، ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ޙުސްނުއްސުއޫދު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް، މި ފާޑުކިޔުންތަކަށް ރައްދުދީ އީސީން ވަނީ ނިޒާމު އޮތީ ރައްކާތެރިކޮށްކަން ތަކުރާރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް